މާލެއިން ބަގްލަދޭޝަށް މިއަދު ދަތުރުކުރަން އޮތް މޯލްޑިވިއަންގެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ދަތުރު ކެންސަލް ކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ މާލެއިން ޑާކާއަށް ދިއުމަށް މިއަދު ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓް Q2-502 ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.
ބޯޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މޯލްޑިވިއަނުން މައުލޫމާތު ދީފައިވެއެވެ.
customers with alternative travel options.
Please reach us at 1671 or email [email protected] for assistance. Customers in Dhaka can contact +880 1708‑810798
Thank you for your patience and understanding. Stay tuned for updates.
— MaldivianAero (@MaldivianAero) July 6, 2024
މިފަހުން މާލެއިން އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއްވެސް ވަނީ ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ. އެ ބޯޓުވެސް ޖައްސާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.