Last Updated: July 14, 22:13
Sunday, July 14, 2024
ދީން

ގެފުޅުގެ އުރަކޮޅު އާކޮށްފި

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާއާ ގުޅުވައިގެން މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ރޭ ބަދަލުކޮށްފި އެވެ

އަހަރާ ގުޅުވައި ކިސްވާ ބަދަލުކުރަން ފެށީ މިދިޔަ 2022 އިން ފެށިގެންނެވެ. އޭގެ ކުރިން ކިސްވާ ބަދަލުކުރުން އޮންނަނީ ހައްޖު މޫސުމާ ދިމާކޮށެވެ. އެގޮތުން ހައްޖު ދުވަހު ބަދަލުކުރާ އުރަކޮޅު ދެން ބަދަލުކުރަނީ ޖެހިގެން އަންނަ އަހަރުގެ ހައްޖު ދުވަހު އެވެ.

ދެ ހަރަމްފުޅުގެ އިންތިޒާމްތަކާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި ހިޖުރީ އާ އަހަރު ފެށުމާ ދިމާކޮށް ކިސްވާ ބަދަލުކުރާ ގޮތަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ގަރާރަކުންނެވެ.

އުރަކޮޅުގެ ބައިތައް ފަސް ބަޔަކަށްވާ ގޮތަށް ގުޅުވާލައި ގެފުޅުގައި އަޅުވަނީ ލޮއެގެ ބޮޅުތަކެއް ބޭނުންކޮށްގެންނެވެ. މި އުރަކޮޅު ހަދަން ގާތްގަނޑަކަށް 670 ކިލޯގެ ރޯ ސިލްކާއި ކަޅުކުލައިގެ ދެލި ބޭނުންކުރެ އެވެ. އުރަކޮޅު ޒީނަތްތެރިކުރަނީ 21 ކެރަޓްގެ ރަނުގެ 120 ކިލޯގެ ބަރަނިން ގުރުއާނުގެ އާޔަތްތައް ފޮތިގަނޑުގައި ވިޔެގެންނެވެ.

އުރަކޮޅުގެ ބަރުދަނުގައި 850 ވަރަކަށް ކިލޯ ހުރެ އެވެ. އަދި ތައްޔާކުރަން ކޮންމެ އަހަރަކު ވެސް 52 މިލިއަން ރިޔާޟް (6.5 މިލިއަން ޑޮލަރު) ހޭދަކުރެ އެވެ.

މިއަދަކީ 1446 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ.