Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ސީއެޗްއެސްއީގައި ނަމާދުކުރާ ބައެއް ހުޅުވައިފި

ހުޅުމާލޭގައި ހުންނަ ސެންޓަ ފޮ ހަޔަ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރާނެ ބައެއް ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާ އެކު ސްކޫލްގައި ގާއިމުކުރި އެ ތަނަކީ ދަރިވަރުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގާއިމުކުރި ތަނެކެވެ. އެ ތަނުގައި އެއްފަހަރާ 40 ދަރިވަރުންނަށް ނަމާދު ކުރެވޭނެ އެވެ.

ދެ ޖިންސްގެ ދަރިވަރުންނަށް ވަކިން ވުޟޫ އާއި ނަމާދު ވެސް ކުރެވޭ ގޮތަށް، ގާއިމުކުރި ބައި ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ސީއެޗްއެސްއީގައި 1،700 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެ އެވެ.

ހުޅުމާލޭގައި މިހާރުު ސީއެޗްއެެސްސީ ހިންގަމުން އަންނަ އިރު، މި އަހަރުގެ ސެޕްޓެމްބަރުގައި އޭ ލެވެލްގެ ކިޔެވުން ފަށާ އިރު، މާލޭގައި ކުރިން ސީއެޗްއެސްއީ ހިންގި އިމާރާތުގައި އަލުން ކިޔަވައި ދޭން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި އޭ ލެވެލް އަށް ކިޔަވައިދޭ އާ ސްކޫލެއް މާލޭގައި އަޅަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ.