Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

ރަންވީރުގެ "ދުރަންދާރް" އަށް އިތުރު ތަރިންތަކެއް

ޑައިރެކްޓަިު އަދިތިޔާ ދާރްއާ އެކީ ރަންވީރު ސިންގް މަސައްކަތް ކުރަން ހަމަޖެހިފައިވާ ތުރިލާ "ދުރަންދާރު" ގެ ކާސްޓުން މަޝްހޫރު އިތުރު ތަރިންތަކެއް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީޕިން މޫން އިން ބުނީ މި އަހަރުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ފިލްމުގެ ކާސްޓަށް މިހާރު ސަންޖޭ ދަތާއި އަކްޝޭ ކަންނާ އާއި އަރުޖުން ރާމްޕާލްގެ އިތުރުން އާރް މާދްވަން ވެސް ނަގާފައިވާ ކަމަށެވެ. އެހެންވެ "ދުރަންދާރު" ވާނީ އެ ތަރިންނާ އެކީ ރަންވީރު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ މި ވަތަނީ ތުރިލާގައި ރަންވީރު ކުޅޭނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލެވެ.

"ދުރަންދާރު" އަކީ އަދިތިޔާ 2019 ގައި ވިކީ ކޯޝަލާ އެކީ ގެނެސްދިން ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ފަހ، ޑައިރެކްޓްކުރާ ފިލްމެވެ. އަންހެނުން ޔާމީ ގޯތަމް ބަތަލާގެ ރޯލު ކުޅުނު އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު ވިކީ ހިމަނައިގެން "ދި އިމޯޓަލްސް އޮފް އަޝްވަތައްތާ" ގެ ނަމުގައި އަދިތިޔާ 2020 ފެ ފަހުކޮޅު ސުޕަހީރޯ ފިލްމެއް އިއުލާންކުރި އެވެ.

އެކަމަކު އެއީ ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާ ފިލްމަކަށްވާތީ، ބަޖެޓް ހަމަޖެހޭ ނުވެގެން އެ ޕްރޮޖެކްޓް އޮތީ ހުއްޓާލައިފަ އެވެ.

މަޝްހޫރު ބަތަލާ ދީޕިކާގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓަރު ކަރަންް ޖޯހަރްގެ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރަށް ޝޫޓިން ޕްލޭންކޮށްފައިވާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" ހިމެނެ އެވެ.