Last Updated: July 14, 22:13
Sunday, July 14, 2024
ދުނިޔެ

ޗައިނާގެ ބީވައިޑީގެ އީވީ ޕްލާންޓެއް ތުރުކީ އަށް

އިލެކްޓްރިކް ކާރު އުފައްދާ ޗައިނާގެ މަޝްހޫރު ކުންފުނި، ބީވައިޑީ ކޮމްޕެނީ ލިމިޓެޑްގެ ކާރު ޕްލާންޓެއް ތުރުކީގައި ގާއިމު ކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮޮށްފި އެވެ.

ތުރުކީގައި ކުރަން ނިންމި މި އިންވެސްމަންޓްގެ އަގު ބިލިއަން ޑޮލަރަށް އަރަ އެވެ.

އިސްތަންބޫލްގައި އިއްޔެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ތައްޔިބް އުރުދުޢާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ އެއްބަސްވުމުގައި ބީވައިޑީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް ވަންގް ޗުއާންފޫ އެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެ ކުންފުނިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ޗައިނާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުރިކީގައި ހަދަން ނިންމި އީވީ ޕްލާންޓްގެ މަސައްކަތް ނިންމައި 2026 ގައި އެތަނުގެ އޮޕަރޭޝަންތައް ފަށާނެ އެވެ. އަމާޒަކީ އަހަރަކު މަދުވެގެން 150،000 ކާރު އެތަނުގައި އުފެއްދުން ކަމަށާއި ތުރުކީ ޕްލާންޓްގެ ސަބަބުން އެ ގައުމުގައި 5،000 ވަޒީފާގެ ފުރުސަތު ވެސް ހުޅުވިދާނެ އެވެ.

އީވީގެ މާކެޓްގައި މިހާތަނަށް ރަސްކަން ކުިރަުން އައި މަހުމަނު އީލޮން ޓެސްލާގެ މިހާރު އެބްމެ ބޮޑު ވާދަވެރިވެރިތަކޫ ބީވައިޑީ އެވެެ.
އެ ކުންފުނި ވުޖޫދަށް އައީ މީގެ 29 އަހަރު ކުރިން ފެބްރުއަރީ 10، 1995 ގަ އެވެ.