Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ޕީއެންސީން ވެސް "ފޯރި ގަދަ" ޖަލްސާއެއް ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮފްޓް (ޕީއެންއެފް) އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ވަރަށް ފޯރި ގަދަ" ޖަލްސާއެއް ބާއްވަން ނިންމާފައި ވަނިކޮށް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ހަމަ "ވަރަށް ފޯރި ގަދަ" ޖަލްސާއެއް އެރޭ ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީގެ ޖަލްސާ އޮންނާނީ ދާދި ފަހުން ހުޅުވީ ޕީއެންސީގެ ހަރުގޭގަ އެވެ. ޖަލްސާ ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ އެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ޕީއެންސީހެ ޖަލްސާއެއް ހަރުގޭގައި ބާއްވާފައިވެ އެވެ. އެ ޖަލްސާގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައއް ބޭފުޅުން ޔާމީނަށް ވަރަށް ބޮޑަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.

ޕީއެންއެފުން ބުނި ގޮތުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާ "ފޯރި ގަދަ" ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ޕާޓީގެ އޮފީހުގަ އެވެ. އަދި އެ ޖަލްސާގައި ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދިނުން ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ޕީއެންއެފުން މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ވެސް ޔާމީނާ އެކީ ޖަލްސާއެއް ބޭއްވި އެވެ.