Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ޕީއެންސީގެ "އަންހެނުންތަކެއް" ޗައިނާ އަށް ވަޑައިގެންފި

ޗައިނާގައި ބާއްވާ "ޗައިނާ-ސައުތު އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް"ގައި ބައިވެރިވުމަށް ސަރުކާރުގެ އަންހެން މިނިސްޓަރުންތަކަކާއި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އަންހެން މަޖިލިސް މެންބަރުންތަކެއް ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.

އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނަކީ ހަޔަ އެޑިޔުކޭޝަން، މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. މިީގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުލްސަމަދު ވެސް ދަތުރުގައި ބައިވެރިވެވަޑައިގަނެ އެވެ.

މަޖިލިސް މެމްބަރުންގެ ތެރެއިން ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރުން ފާތިމަތު ސައުދާ އެވެ.

"ޗައިނާ-ސައުތު އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަސް ޕްރޮގްރާމް" ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 16 އާ ހަމައަށެވެ.

"ޗައިނާ-ސައުތު އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަސް ޕްރޮގްރާމް"އަކީ ސީއައިސީޑީއޭ އާއި އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން ގުޅިގެން، ޗައިނާ އާއި ދެކުނުގެ އޭޝިއާގެ ގައުމުތަކުގައި ސިޔާސީ މަގާމުތައް އަދާކުރާ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.