Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ދަރިޔަކަށް ނާޖައިޒު ގޮތުގައި މަގާމެއް ހޯދައި ނުދެން

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އަމިއްލަ ދަރިޔަކަށް ނުވަތަ އާއިލާގެ މެންބަރަކަށް ނާޖައިޒު ގޮތުގައި މަގާމެއް ހޯދައި ނުދެއްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިޔަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ ނާޖާއިޒު ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

"ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައިވެއެވެ.

ޝަހީމް މިފަދައިން ވިދާޅުވިއިރު، މިފަހުން ސޯޝަލްމީޑިއާގައި ވަނީ ޝަހީމްގެ ދަރިކަލެއް މެލޭޝިއާގައި ހުންނަ އެމްބަސީއަށް އަދި ޝަހީމްގެ އާއިލާ ބޭފުޅަކަށް ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދެއްވާފައިވާކަމުގެ އަޑުތައް ފެތުރިފައެވެ.