Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އޭވިއޭޝަން ސިނާއަތް ފުޅާކުރަން ފުރުސަތުތައް އެބަހުރި

ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާ ގުޅޭ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ކުރިއަށްދާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ބައިވެރިންނަށް މަރުހަބާ ކިޔަން އެކީ އިއްޔެ ހަވީރު ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ
ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ ރާއްޖޭގެ އިގުތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެހެންވެ ކޮންގްތެސް އިން ލިބޭ ފުރުސަތުތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް ބައިވެރިންނަށް މިނިސްޓަރު ގޮވާލެއްި ވިއެވެ.

ރާއްޖޭގައި އަލަށް މި ކޮންގްރެސް ބާއްވާ އިރު، ޖުމްލަ 27 އެއާލައިނަކާއި 17 އެއަޕޯޓަކާއޮ ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.

އިއްޔެ ފެށި ކޮންގްރެސް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.