Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

ސައީދު، އެމެރިކާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށްފި

ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރުވައި ފުޅާކުރުމަށް އެ ގައުމުގެ ވިޔަފާރިންނާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސައީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން އިންތިޒާމު ކޮށްގެން ކޯޕަރޭޓް ދާއިރާގެ މަންދޫބުންނާއެކު ބޭއްވި އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގަ އެވެ.

ނަމަވެސް އެ ބައްދަލުވުމުގެ މާބޮޑު ތަފުސީލެއް އިކޮނޮމިކް މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.

މިނިސްޓަރު ސައީދުގެ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުންތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްތައް ހޯދުމަށް މަޝްވަރާ ކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.