Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އަންހެނުންނަށް ހާއްސަ މައުލޫމާތު ސެޝަނެއް މާދަމާ

އިއްދައިގައި ދިމާވާ މައްސަލަތަކާއި، އުރަމައްޗާއި ރަހިމުގެ ކެންސަރާ ގުޅޭ މުހިންމު މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް މާދަމާ ބާއްވަން ނިންމައިގި އެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ފެމިލީ މިނިސްޓަރީން އިންތިޒާމުކޮށްގެން ބާއްވާ ސެޝަން އޮންނާނީ މާދަމާ ހަވީރު 4:15-5:45 އަށެވެ. ސެޝަން ނަންގަވައި ދެއްވާނީ ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމެން ކްލިނިކްގެ ފަރާތުންނެވެ.

އެ މިނިސްޓްރީން ބުނީ އުމުރުން ދުވަސްވަމުންދާ އިރު ކޮންމެ މީހަކު ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މުހިންމު ކަމެއް ވަކިން ޚާއްސަކޮށް އަންހެނުން އުރަމަތީ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ފަދަ ބަލިތަކަކީ ދުރާލާ ދެނެގަނެވިއްޖެ ނަމަ ފަރުވާ ހޯދި ފަސޭހަވާ ބަލިތަކެއް ކަމަށެވެ. އެހެންވަެ އުލޫމާތުތައް ފޯރުކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.

އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާކޮށް މިފަދަ ތަފާތު މައުލޫތަކާއި ގުޅޭ ސެޝަންތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ދޮށީއުމުރުގެ މީހުންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްޔައް ވެސް ހިމެނެ އެވެ.