Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އިސްތިއުފާ ދިނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިނީ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކަމަށް އެ މަގާމުގައި ހުންނެވި ބައްސާމް އާދަމް ވިދާޅުވެއްޖެ އެވެ.

ބައްސާމް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގަައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ރައީސް މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ފުރިހަމައަށް އިހުތިރާމު ކުރެއްވުމާއެކު، މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

އަދި ޑެޕިއުޓީ އެމްޑީއެއްގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި މުއްދަތުގައި ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަން ހަރުދަނާކުރުމަށާއި، ފަަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓުކުރުން އިތުރަށް ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް އިތުރުކުރަން ކުރެއްވުނު މަސައްކަތްޕުޅާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އަދި އެ މުއްދަތުގައި ލިބިވަޑައިގެންނެވި ފުރުސަތުތަކަށާއި އެއްބާރުލުމަށް ބައްސާމް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެއިތުރުން ބައްސާމް ވަނީ އެމްއެމްޕީއާރުސީއަށް ކުރިމަތިވި އެންމެ ދަތި ވަގުތުގައި އެ ކުންފުނި ހިންގެވުން އޭނާއާ މަތިކުރައްވައި ރައީސް މުއިއްޒު ކުރެއްވި އިތުބާރަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.