Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

މިދިޔަ މަހު މީރާއަށް ދެ ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.05 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 26.8 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެއީ 748 މިލިއަން ރުފިޔާ ނުވަތަ 36.49 އިންސައްތަ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 629 މިލިއަން ރުފިޔާ ނުވަތަ 30.69 އިންސައްތަ އެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 81.6 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 524 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 76.57 މިލިއަން ޑޮލަރު ހިމެނެ އެވެ.