ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ ރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ތިން ތަނެއް ބަލައި ފާސްކޮށް، ހަތަރު ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.
މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި، މި ރެއިޑްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މިރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ 03 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 01 ފިރިހެނަކާއި 03 އަންހެނެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި. މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި،… pic.twitter.com/Pbb9s8MOPD
— Maldives Immigration (@ImmigrationMV) July 10, 2024
މާލެ ސަރަހައްދުގައި އިމިގްރޭޝަން އަދި ކަމާބެހޭ އިދާރާތަށް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.