Last Updated: April 26, 09:29
Saturday, April 26, 2025
ޚަބަރު

އެމްޕީއެލްގެ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން އިންވެސްޓަރުންނަށް

މާލެ ވިޔަފާރި ބަނދަރު /ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޮންޑުގައި އިންވެސްޓުކުރި ފަރާތްތަކަށް ފުރަތަމަ ކޫޕަން ޕޭމެންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފި އެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑު ކަމަށާއި މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު މިދިޔަ އަހަރުގެ އޭޕްރީލްގައި ހުޅުވާލުމުން މި ބޮންޑަށް ގިނަ ފަރާތްތަކަކުން އިންވެސްޓުކޮށްފައިވާ ކަމަށެވެ.

މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް މި މަހުގެ ހަތަރެއްގައި ފައިސާ ޖަމާކޮށްދީފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ ޙައިސިއްޔަތުން މަސައްކަތްކޮށްފައިވަނީ ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ކަމަށެވެ. ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.