Last Updated: March 22, 00:39
Friday, March 21, 2025
ޚަބަރު

ބިންވެރިޔާ ސްކީމުން 624 ގޯތި ދޫކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެ އިން 624 ގޯތި ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ‏ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު 18 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށާއި މިހާތަނަށް މި ސްކީމްގެ ދަށުން 624 ގޯއްޗެއް ހަވާލުކޮށްފައިވާ ކަމަށެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް އޮތީ ސޮއިކޮށްފަ އެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކަން އިތުރުކުރާ ބިމުން ވެސް ގޯތި ދޭން ނިންމައިފަ އެވެ. އެގޮތުން އެތަނުން 1،347 ގޯތި ކަނޑަން ނިންމައި، ކުރީގެ ސަރުކާރުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލި އެވެ.