Last Updated: July 1, 20:24
Tuesday, July 1, 2025
ޚަބަރު

މާރާމާރީ ހިންގި ހަ ބިދޭސީއަކު ޑީޕޯޓުކޮށްލަނީ

މާލޭގައި މާރާމާރީ ހިންގި ހަ ބިދޭސީ މީހަކު ޑީޕޯޓު ކުރަން ނިންމައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ހަ ބިދޭސީއަކު ރޭ ފުލުހުން އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަން ޤާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

ބިދޭސީންތަކެއް ލަޓިބުރިތަކެއް ހިފައިގެން ނުކުމެ މިދިޔަ ބުދަ ދުވަހުގެރޭ މާލޭގެ މަގެއްގެ މަތީގައި މާރާމާރީ ހިންގި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާ ވެފައިވާއިރު ފަރުވާ އަށް ފަހު އެ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ އެންމެން ވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.