Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮށްލައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލާފައިވާ ކަމަށެވެ.

މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަަމަށް މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.