Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

އަލަށް 98 ފުލުހަކު ހިދުމަތާ ގުޅި، ހުވާކޮށްފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސައިން މަޒީދު އެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 98 ފުލުހުންނެވެ. އެއީ އަންހެން 20 ފުލުހުންނާއި ފިރިހެން 73 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން ދެ ފުލުހުންނާއި ފިރިހެން ތިން ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަޙްމަދު ބިޝާރު، ހެޑް އޮފް ސެރެމޮނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖަމެންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވި އެވެ.