Last Updated: July 3, 09:07
Thursday, July 3, 2025
ޚަބަރު

މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

ތ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ސްޓަރ، ޢަބްދުﷲ ޞަލާޙް (35އ) ދ. ހުޅުދެލި / ބްލޫބެލް، ޙަސަން ވަޙީދު (27އ) އަދި ތ. ތިމަރަފުށި / ފާލްސާގެ، އަނޫފް އަޙްމަދު (24އ) އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ތ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ވޭމަންޑޫގެ ތިން ގެއާއި ތިމަރަފުށީ ހަ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ޞަލާޙް އާއި ޙަސަން ވަޙީދު 10 ދުވަހަށް އަދި އަނޫފް އަޙްމަދު އަށް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.