Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ވެހިކަލް ދޮންނަން އުޅުނު 5 ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލޭގައި ވެހިކަލް ދޮންނަން އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ވެހިކަލް ދޮވެ ސާފުކުރުމަށް ބިދޭސީން ތިބޭ ފަސް ސަރަހައްދެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 5 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.