ވިލިމާލޭގެ މަގުތައް މަރާމާތުކުރަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
ވިލިމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވާއިރު، މާލެއާއި ވިލިމާލޭގެ މަގު ހަދަން ޗައިނާ ސަރުކާރާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން މި މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ދާދިފަހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ.
މާލެ އާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މި ހިލޭ އެހީގެ ދަށުންނެވެ.