Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ވިއްސާރައިގައި އައްޑޫގެ 5 ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ 5 ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރޭ އައްޑޫ އަށް ކުރި ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މަރަދޫގެ ގެޔަކާއި، މަރަދޫފޭދޫގެ ގެއެއްގެ އިތުރުން، ފޭދޫގެ ދެ ގެއެއް، އަދި ހުޅުދޫގެ ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ.

އެ 5 ގޭގެ ފުރާޅު އެެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.