Last Updated: June 22, 18:06
Monday, June 23, 2025
ޚަބަރު

މަންމައާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ

މަންމައާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ތޫނު ހަތިޔާރުން ބިރު ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 7 ދުވަސް ވަނީ ޖަހާފަ އެވެ.

އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މަންމަ އާއި ކޮއްކޮ އަށް ވަޅިން ބިރު ދެއްކީ ފައިސާ ނުދީގެންނެވެ. އޭނާ ދިރިއުޅުނު ކޮޓަރިން ދެ ވަޅި ފެނިފައިވާ ކަމަށް އަމުރުގައިވެ އެވެ.

އެމީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.