އުތުރުތިލަފަޅުގައި ޗައިނާ ކުންފުންޏަކަށް ހިންގަން ދިން ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު ރަސްމާލެ އަށް ބަދަލުކޮށްފި އެވެ.
އެ މަޝްރޫއު ހިންގަން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އެމްއައިޑީ) އިން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މި އަހަރުގެ މާޗް 28 ގަ އެވެ. އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.
ނަމަވެސް މިހާރު އެ މަޝްރޫއު ފުށިދިއްގަރު ފަޅުގައި ކުރިއަށް ގެންދަން ވަނީ ރަސްމީކޮށް ނިންމައިފަ އެވެ. އެހެންވެ އެކަމަށް ބޭނުންވާ ފީސިބިލިޓީ އާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓް އީއައިއޭ) ގެ އިތުރުން މަޝްރޫއު އޮތީ ޕްލޭނިން މަރުހަލާގަ އެވެ.
ނަމަވެސް މި މަހުގެ ތެރޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ މަސައްކަތް ފަށަން އޮތީ ނިންމައިފަ އެވެ.
އެމްއައިޑީން ބުނީ އެއްބަސްވުމުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގުތިސޯދު ސިންދަފާތު ކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރު ބޮޑުވުން ކަމަށް ބުނެފައި އެވެ.