Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އެމްއޭސީއެލުން ކާރުތަކެއް ގަންނަނީ

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އަށް ކާރުތަކެއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ނަމަވެސް ބޭނުން ވަނީ ކިތައް ކާރު ކަމެއް އިއުލާންގައި ބުނެފައެއް ނުވެ އެވެ.

އެމްއޭސީއެލުން ބުނީ އެ ތަނުގެ ބޭނުމަށް ކުންފުނިން ދޭ މިންގަނޑުތަކާ އެއްގޮތަށް ކާރުތަކެއް ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޓެންޑާ ޕޯޓަލް tender.macl.aero މެދުވެރިކޮށް ބީލަން ހުށަހެޅޭނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 7981289 އިން ހޯދޭނެ އެވެ.

އެމްއޭސީއެލުން ބުނީ ކާރު ސަޕްލައި ކުރަން ބަޔަކު ހޮވާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށް ފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، ކުންފުންޏަށް އެންމެ ފައިދާ ހުރި ބީލަމެއް ހުށަހެޅި ފަރާތެއް ބަލައިގެން ކަމަށެވެ.

އެމްއޭސީއެލަށް ކާރުތަކެއް ގަންނަން ބީލަމަށް ހުޅުވައިލި އިރު، އެ ކުންފުނީގެ ސީއީއޯ/އެމްޑީ އިބްރާހީމް ޝަރީފު ދުއްވަން ގެނައި ކާރެއް ވަގަށް ނެގި މައްސަލައެއް މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެންމަތިވި އެވެ.