ހުޅުމާލޭގެ އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.
އަލިފާން ރޯވީ ސަރުކާރުގެ އޮފީސްތަކެއް ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިން ކުރިމަތީގައި އިމާރާތެއްގަ އެވެ. އެތަނުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާ އާންމިވެފައިވާ އިރު، އިމާރާތުގައި ރޯވެ ބޯކޮށް ކަޅުދުން އަރާ ތަން ވެސް ފެނެ އެވެ.
މި ސަރަހައްދުގައި ސިފައިންނާއި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.