ކަނޑައެޅިފައިވާ 5 ސަރަަހައްދަކުން މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ވިއްކަން ފަށައިފި އެވެ.
ބުނެފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް" ގައި، ފިޝަރީޒް މިނިސްޓްރީގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އިއްޔެ ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސް އިއުލާނުކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި އައްﷲޫ ހުޅުމީދޫން އެ ރޭޓުގައި ތެޔޮ ވިއްކަން މިހާރު ފަށާފައިވާ ކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކޮށް، "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.