Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކޮންސްޓްރަކްޝަންގެ ހިދުމަތްތައް މެދުކަނޑާލައިފި

މިއަދު ހިނގި އަލިފާނުގައި ގެއްލުންތަކެއް ލިބުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުބް މެދުކަނޑާލައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ވަގުީ ގިތުން ހިދުތަތްތައް މެދުކަނޑާލި ނަމަވެސް އަލުން މިނިސްޓްރީގެ ހިދުމަތްތައް ދޭން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ހާދިސާގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ އެ މިނިސްޓްރީ ކައިރީގައި ހުރި ހައުސިން މިނިސްޓްރީގައި ރޯވި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި އެ މިނިސްޓްރީ އަނދައި ހުލިވެފައިވާ އިރު، އެންވަޔަރަމަންޓް މިނިސްޓްރީ އިމާރާތަށް ވެސް ގެއްލުންވެފައިވެ އެވެ.

އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.