Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

މަރަދޫގައި ޓާފް ދަނޑެއް އަޅަނީ

RemasterDirector_1a5c03258

އައްޑޫ މަރަދޫގައި ޓާފް ދަނޑެއް އަޅަން ހަމަޖެހިފައިވާތީ އެކަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ވަނީ މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލައިފަ އެވެ. އެގޮތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 8،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

މި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 އާ ހަމައަށެވެ. އެގޮތުން ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް ފޮނުވަން ޖެހެނީ މި tender@adducity.gov.mv މެއިލަށެވެ.

ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މަރަދޫ އަވަށު އޮފީހުގައި އޮންނާނެ އެވެ.

މަރަދޫގައި ޓާފް އަޅައިގެން ދަނޑެއް ތަރައްގީ ކުރަން ނިންމި އިރު، އެ އަވަށުގެ ރަސްމީ ބޯޅަދަނޑުގައި ވެސް އޮތީ ޓާފް އަޅައިފަ އެވެ.