ދާދި ފަހުން އިމާރާތްތައް ފޮޅައި ސާފުކޮށް ދިނުމުގެ ހިދުމަތް ވެސް ދޭން ފެށި ވެމްކޯ އިން އަނެއްކާ ވެސް އާ ހިދުމަތެއްގެ ތެރެއަށް ވަންނަން ނިންމައިފި އެވެ.
ރާއްޖޭގައި ކުނި ނަނައި މެނޭޖް ކުރުމުގެ މައިގަނޑު ޒިންމާ މަތިކޮށްފައިވާ ކުންފުނިން މިހާރު ވަންނަނީ އިމާރާތްތައް ތަޅައި ދިނުމުގެ ހިދުމަތަށެވެ.
ވެމްކޯ އިން ބުނީ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިމާރާތްތައް ތަޅައި ދިނުމުގެ ހިދުމަތް ފެށުން ކަމަށެވެ. އެހެންވެ މިހާރު ކުރަނީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އަގުތައް ނަގާނެ ގޮތާއި މިކަމާ ގުޅޭ އިދާރީ އިތުރު މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. ވެމްކޯ އިން ބުނީ އިމާރާތްތައް ތަޅައި ދިނުމުގެ ފެށުމަށް ތައްޔާރުވާތީ އެކަމާ ގުޅޭ އިންޓާނަލް ރިސާޗެއް ވެސް ހަދަމުން އަންނަ ކަމަށެވެ.
ވެމްކޯ އަކީ 2017 ގައި ހިދުމަތަށް ނުކުތް ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނަގައި ދިނުމުގެ ހިދުމަތް ދެމުންނެވެ. އެގޮތުން އެންމެ ފުރަތަމަ މާލޭގައި ފެށި މި ހިދުމަތް އެންމެ ފަހުން ދޭން ފެށި ރަށަކީ މިދިޔަ އިން ހަފުތާގައި ހިދުމަތް ތައާރަފުކުރި. ކ. ހިންމަފުއްޓެވެ.