Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

މެރިއޮޓުން އަންނަ މަހު އާ ރިސޯޓެއް ހުޅުވަނީ

މެރިއޮޓް އިންޓަނޭޝަނަލް އިން އަންނަ މަހު އާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ވެސް ރިސޯޓްތަކެއް ހިންގަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޗެއިނުން އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޖޭޑަބްލިއު މެރިއޮޓް ކާފު އެޓޯލް އައިލޭންޑް ރިސޯޓެވެ.

ނަމަވެސް ރިސޯޓް ރަސްމީކޮށް ހުޅުވާނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން ބުނީ ޖޭޑަބްލިއު މެރިއޮޓް ކާފު އެޓޯލް އައިލޭންޑް ރިސޯޓުން ބުނީ އެންމެ މަތީ ފަންތީގެ މި ލަގްޒަކީ ރިސޯޓަކީ ވަރަށް ހިތްގައިމު ތަނަކަށްވާނެ ކަމަށާއި ޓޫރިސްޓުންނަށް ތަފާތު ގިނަ ހިދުމަތްތަކެއް ވެސް އެތަނުން ލިބޭނެ އެވެ. އެގޮތުން މި ރިސޯޓްގައި ސްޕާތަކާއި ވެލްނެސް ސެންޓަރުތަކުގެ ހިދުމަތް ވަރަށް ފުޅާކޮށް ޓޫރިސްޓުންނަށް ފޯރުކޮށް ދޭނެ އެވެ.

ޖޭޑަބްލިއު މެރިއޮޓް ކާފު އެޓޯލް އައިލޭންޑް ރިސޯޓް ވާނީ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ހަމަހިމޭން މާހައުލެއް ގެނެސްދޭނެ ތަނަކަށެވެ.

މި ރިސޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ބޮޑެތި މަރާމާތުތަކާ އެކީ ހިތްގައިމު ބަދަލުތަކެއް ގެނެސްދިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޑަބްލިއު މޯލްޑިވްސް ހުޅުވަން ހަމަޖެހިފައިވާ ކަމަށް މެރިއޮޓް އިންޓަނޭޝަނަލް އިން ބުންޏެވެ.

މެރިއޮޓްގެ ޕްރޮޕަޓީތައް 73 ގައުމެއްގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން އެ ކުންފުނީގެ ޕްރޮޕަޓީތަކުގެ އަދަދު މިހާރު 529 އަށް އަރަ އެވެ.