މާލޭގެ ރަސްފަންނު ސަރަހައްދުގައި ދެ އަންހެނެއްގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރީ ސްރީ ލަންކާ އަށް ނިސްބަތްވާ ސަންޖަޔާ ކުމާރު ،28، އެވެ.
އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަންޖަޔާގެ ބަންދު އަމުރުގައިވާ ގޮތުން އޭނަ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. އަދި މީހެއްގެ ގައިގައި އަތް ލާފައި ނުވާނެ ކަމަށާއި ނަމަވެސް ކުރިމަތިން ދިޔައިރު އަންހެން މީހާ އެނބުރިފައި ތިމަންނަގެ ގައިގަ އަތްލީ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.