Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ފްރާންސްގެ މުސްލިމް އާއިލާ ފުރުވާލާތީ އިހުތިޖާޖުކޮށްފި

ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމް އާއިލާއެއް ފުރުވާލަން އިމިގްރޭޝަނުން އުޅޭތީ އެކަމާ ދެކޮޅަށް މާލޭގައި އިހުތިޖާޖެއް ބާއްވައިފި އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ "ޔުނިޓީ ފޯ ޔޫތު" ޖަމިއްޔާ އިން އިންތިޒާމުކޮށްގެންނެވެ. އެ އިހުތިޖާޖުގައި ބައިވެރިން ވަނީ ފްރާންސްގެ އާއިލާ ރާއްޖޭގައި ދިރިއުޅުމުގެ ހާއްސަ ހުއްދައެއް ދޭން ގޮވާލައި ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ވެސް ބޭނުންކޮށްފައިވެ އެވެ.

އިމިގްރޭޝަނުން ފުރުވައިލަން އުޅޭ ފްރާންސްގެ އާއިލާ އަކީ މީީގެ 12 އަހަރު ކުރިން ފެށިގެން ތ. ވޭމަންޑޫގައި ދިރިއުޅެމުން އަންނަ އާއިލާއެކެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެފައި ވަނީ ގޮތުގައި އެ އާއިލާ ރާއްޖޭގައި އުޅެމުން އަންނަނީ އިމިގްރޭޝަން ގާނޫނާ ހިލާފަށެވެ. އަދި އެ މައްސަލަ ސަމާލު ކަމަށް އައީ މިދިޔަ ޖުލައި މަހު ކަމަށާއި، އެ އާއިލާގެ ޕާސްޕޯޓުތަކުގެ މުއްދަތު ވެސް އޮތީ ހަމަވެފައިވާ ކަމަށެވެ.

އެހެންވެ އެ އާއިލާ ރާއްޖެ އިން ފުރާވާލުމަށްޓަކައި ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖޭގެ ބައެއް ޝެއިހުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.