Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

މުދަލު ޒަކާތަށް 92.2 މިލިއަން ލިބިއްޖެ

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 92.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ މީރާ) އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެންބަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 92.2 މިލިއަން ރުފިޔާ ލިބުނު އިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު އަށް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ނަމަވެސް ނޮވެންބަރު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ 44 ޕަސަންޓު ދަށްވެފައިވެ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ޑޮލަރުން ދެއްކި މިންވަރަށް ބަލާ އިރު، މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް 6،082 ޑޮލަރު ލިބިފައިވާ އިރު، އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 101 ޕަސަންޓުގެ އިތުރުވުމެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ޑޮލަރުން މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2،888 ޑޮލަރެވެ.

ދާދި ފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މުދަލު ޒަކާތް ދައްކާ މީހުންގެ ނިސްބަތް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން ފާއިތުވި އަހަރެެއްހާ ދުވަހުގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ކަމަށް ވިދާޅުވި އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ މިހާރު 9240.35ރ. އެވެ.