Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައި ދެނީ

ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ އެހީގައި ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވަން ފުރުސަތު ފަހިވެފައިވާތީ އެކަމަށް ކުރިމަތިލާން އެ އަތޮޅުގެ ރަށްރަށުގެ މީހުންނަށް ހުޅުވާލައިފި އެވެ.

މި ފުރުސަތު ދޭން ނިންމާފައި ވަނީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޙައްޖުގެ އަދާކޮށްފައި ނުވާ 40 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން އެ މީހަކު ހައްޖަށް ދާން ދައްކަން ޖެހޭ ފައިސާ ދައްކައި ދޭނީ ހެޔޮއެދޭ ފަރާތުންނެވެ.

މިކަމާ ގުޅޭ ގޮތުން ދުވާފަރު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މިކަމަށް ޝައުގުވެރިވާ މީހުން މާދަމާ މެންދުރު ފަހު 2:00 ގެ ކުރިން ސިޓީ ފޮނުވަން އެދިފަ އެވެ. ސިޓީއާ އެކު އެ މީހެއްގެ އައިޑީ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ.

މުޅި ރ. އަތޮޅަށް ހުޅުވައިލި މި ފުރުސަތުގެ ދަށުން ކޮންމެ ރަށަކުން ވެސް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ އެ ރަށަކުން މީހަކު ގުރުއަތުލައިގެންނެވެ.