Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

އެޗްޑީސީގެ ތަހުގީގަކީ ފުލުހުންގެ އިސްނެގުމެއް

"ބިންވެރިޔާ" ސްކީމްގެ ދަށުން ގަވާއިދާ ހިލާފަށް ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން ގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އަމިއްލަ އިސްނެގުމަށް ކަމަށް ފުލުހުން ބުނެފި އެެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ "ބިންވެރިޔާ" ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ ޑޮކިއުމަންޓް ފޯޖްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ
މައްސަަލައެއް" ކަމަށެވެ.

ފުލުހުންގެ މި ތަހުގީގަށް މަގުފަހިކޮށް ދިނުމުގެ ގޮތުން އެޗްޑީސީގެ ޗެއާމަން ފިޔަވައި، މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން، ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެޗްޑީސީ އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެމްޑީ ފަޒީލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު އަށް "ބިންވެރިޔާ" ސްކީމުން ހުޅުމާލެ އިިން ގޯއްޗެއް ދިން މައްސަލަ ފެންމަތިވެ، ފަޒީލު ހުންނެވި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސަސްޕެންޑްކޮށްފައިވެ އެވެ.