Last Updated: May 9, 16:45
Friday, May 9, 2025
ޚަބަރު

ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖޭގެ އިގުތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުނު ބޯޓެއް އަތުލައިގެންފި އެވެ.

ނަމަވެސް އިއްޔެ އަތުލައިތް އެ ބޯޓާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކޮށްގެން މީގެ ކުރިން ވެސް އަވައްޓެރި ބައެއް ގައުމުތަކުގެ ބޯޓްތައް އަތުލައިގެންފައިވެ އެވެ. އަދި މިފަދަ ބޯޓްތަައް ރާއްޖެ ސަރަހައްދުން ވަރަށް ގިނައިން ފެނެ އެވެ.

އެގޮތަށް އަތުލަގަތް ބޯޓެއް ދައުލަތަށް ނަގަން މިިދިޔަ އޮކްޓޯބަރު މަހު ސިވިލް ކޯޓުން ހުކުމެއް ވެސް ކޮށްފައިވެ އެވެ.