އިސްލާމީ މާލީ އިންސްޓްރޫމެންޓްސްތަކުގެ އަލީގައި ރާއްޖޭގައި އަޢުޤާފްތައް ތަރައްޤީކުރުމާއި، ޒަކާތު ފަންޑު ވުނަކޮށް ތަރައްޤީކުރުމުގެ އިސްތިރާޖީތައް އެކުލަވާލުމާ ގުޅޭ މަސައްކަތް ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީބް ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންނަށް ކަމަށެވެ. އަދި ބީލަމަށް ކުރިމަތިލާ އެ ފަރާތްތަކަކުގައި ހުންނަން ޖެހޭ ޝަރުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތުމާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދޫކުރާ ޝަރީޢާ އެޑްވައިޒަރީ ލައިސަންސް އޮތުމާއި އެތަނުން ދޫކުރާ ޕްރިންސިޕަލް އެޑްވައިޒަ ލައިސަންސް އޮތުމުގެ އިތުރުން ޢަރަ ބިބަހުން މުޢާމަލާތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ބީލަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 އާ ހަމައަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 ގެ ހަވީރު 4:00 ގެ ކުރިން މި ލިިންކް forms.office.com/r/5CdT513nMc މެދުވެރިކޮށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި 3020212 ،3020252 ނަމްބަރުތަކުންނާއި މި މެއިލް procurement@islamicaffairs.gov.mv މެދުވެރިކޮށް ހޯދޭނެ އެވެ.