Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ބިދޭސީއަކު ރޭޕްކޮށް މަރާލި ވާހަކަ ދޮގުކޮށްފި

ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު ރޭޕްކޮށް، މަރާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަރުތަމުންދާ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ދޮގު ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި އެ ވާހަކަ ރޭ ދައުރުކޮށް، އެކަމުގެ ވީޑިއޯ ވެސް އެބަހުރި ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއަކާ ހަވާލާދީ ދެކެވޭ ވާހަކަ އަކީ 2021، މޭ ގައި ބަންގަލްދޭޝް ނޫހަކުން ރިޕޯޓްކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއް ކަމަށެވެ. އަދި އެ ވާހަކަ ގެނެސްދީފައި އޮތް އާޓިކަލެއްގެ ލިންކުވެސް މިނިސްޓަރު ހިއްސާކުރެއްވި އެވެ.

ފުލުހުން ވެސް ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.