Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ސޯމާލިއާގެ ބަޔަކަށް ރާއްޖެ އާދެވުނު ގޮތް ތަހުގީގު ކުރަނީ

ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދުން އިއްޔެގެ ވަގުތެއްގައިފެނުނު ސޯމާލިއާގެ މީހުންނަށް ރާއްޖެ އާދެވުނު ގޮތާ ބެހޭ ތަހުގގެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ތިން މީހުންނާ އެކީ ސޯމާލިއާގެ ޑިންގީ ފެނުނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން އިއްޔެ ބުންޏެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ފުލުހުން ބުނީ ތަހުގީގުގެ ތެރެއިން އެ މީހުން ރާއްޖެ އައި ގޮތް ދެނެގަނެވިފައި ނުވާ ކަމަށާއި، އެކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ކަނޑުފޭރޭ ބައެއްގެ ގޮތުގައި މަޝްހޫރު ސޯމާލިއާގެ ބަޔަކު ރާއްޖެ ސަރަހައްދުން އިއްޔެ ފެނުނު އިރު، މީގެ ކުރިން ވެސް ސޯމާލިއާ އަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ.