"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" އަންނަ އަހަރުގެ ފެބްރުއަރީގައި ބާއްވަން ނިންމައިފި އެވެ.
އުރީދޫން ބުނީ ރާއްޖޭގައި ބާއްވާ ގޭމިން ފެސްޓިވަލް އޮންނާނީ ފެބްރުއަރީ 21-22 އަސް ކަމަށެވެ. މި ފެސްޓިވަލުގައި އުރީދޫ ނޭޝަންގެ ކޮންޓެންޑަ ސީރީޒްތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ ފައިސާގެ އިނާމަށް ވާދަ ކުރާނެ އެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ގޭމްތައް:
* ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް
* އީއޭއެފްސީ ޗެމްޕއަންޝިޕް
* މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް
އުރީދީޫން ބިުނީ ފޯރިގަދަ މުބާރާތްތަކުގެ އިތުރުން "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޮވާނެ ކަމަށެވެ. މި ޝަރަފުވެރި އެވޯޑަކީ މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަން މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައި ދީފައިވާ ގޭމަރުގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
އެ އެވޯޑަށް ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަންގެ ޖަޖުން ގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ. އެގޮތުން ޖަޖުންގެ 60 ޕަސަންޓާއި އާންމުންގެ އެސްއެމްއެސް ވޯޓުން 40 ޕަސަންޓް އެވޯޑު ދިނުމުގައި ބަލާނެ އެވެ.
މި ގޭމިންގް ފެސްޓިވަލާ ބެހޭ އިތުރު މައުލޫމާތްުއުރީދޫ ނޭޝަން ވެބްސައިޓާއި އަދި ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާނެ ކަމަށް އުރީދޫން ބުންޏެވެ.