Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޑްރޯންގެ އެހީގައި އަތުލައިގަތީ ލަންކާގެ މަސްބޯޓެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ތިން ދުވަސް ކުރިން ޑްރޯންގެ އެހީގައި އަތުލައިތް ބޯޓަކީ ސްރީ ލަންކާގެ އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެތަނުން މިއަދު ބުނީ އެއީ ލަންކާގެ މަސްބޯޓެއް ކަމަށާއި އޭގައި ތިބީ އެ ގައުމުގެ ތިން މީހަކު ކަމަށެވެ.

ބޯޓު މިހާރު ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރި ބޯޓްތަކެއް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އަތުލައިގެންފައިވެ އެވެެ. އަދި އެފަދަ އުޅަނދުތައް ފެނުމަކީ އާންމު ކަމެކެވެ. މިގޮތަށް އަތުލައިގަނެވޭ ގިނަ ބޯޓްތަކަކީ އަވައްޓެރި ގައިމުތަކުގެ ބޯޓްތަކެވެ.