މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރި މީހަކު އޭނަގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ބައްޕަގެ އެއްޗެހި ކަމަށް ބުނެ ރެކެން އުޅެފި އެވެ.
އެ މައްސަލައިގައި ހައްޔަރަކުރީ މުހައްމަދު ރިޝްވާން ނައީމް ކިޔާ 23 އަހަރުގެ ޒުވާނެކެވެ. އޭނަގެ އަތުން ފެނުނު މަސްތުވާތަޗެއްކީ ބައްޕަގެ އެއްޗެހި ކަމަށް ބުނި ނަމަވެސް ބައްޕަ އެކަން ދޮގުކޮށްފައިވެ އެވެ.
ރިޝްވާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި 30 ބަންދު ކުރަން އަމުރުކޮށްފައިވެ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ބަންދަށް މުއްދަތު ޖެހީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ތަހުލީލު ރިޕޯޓާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭތީ އެވެ.
ރިޝްވާންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އެ ތަކެތި ބަންދު ކުރުމަށް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.