Last Updated: June 7, 20:05
Saturday, June 7, 2025
ޚަބަރު

މޫސުން ވަރަށް ގޯސް، އޮރެންޓް އެލާޓް ނެރެފި

Moosun
ފޮޓޯ: އައްޑޫލައިވް

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް އޮރެންޖް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 15:00 އިން މިރޭ 19:00 ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ، ށ.ނަރުދޫ އަދި ރ. އިނގުރައިދޫ އަށް ވަނީ އުދަ އަރައިފަ އެވެ. އަދި ދ. ކުޑަހުވަދޫ، ދ.މީދޫ، ފ.ނިލަންދޫ އަދި ފ. މަގޫދޫ އަށް ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފަ އެވެ.

ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.