Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ތެޔޮބޯޓެއް ނިލަންދޫ ފަރަށް އަރައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮބޯޓެއް ގއ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރަށް މިއަދު އަރައިފި އެވެ.

އެ ރަށުން ކައުންސިލުން ބުނީ "ލަނޑާ" ކިޔާ އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާ އެކު އެކަން ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ.

ފަރަށް އެރި ތެޔޮބޯޓަކީ އަތޮޅު ތެރޭގައި ރަށްތަކަށް ތެޔޮ ގެންދަން އެފްއެސްއެމުން ބޭނުންކުރާ ބޯޓެކެވެ. މިކަމާ ގުޅިގެން އެ ކުންފުނިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެސްއެފްއެމަކީ އެސްޓީއޯގެ ސަބްސިޑަރީއެކެވެ.