Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ދެ މިސްކިތެއްގެ ތަރާވީހު ޙާފިޒުންނަށް 700ރ.

ކުރިއަށް އޮތް ރޯދަ މަހު މާލޭގެ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދުކުރާ ޙާފިޒުންނަށް ކޮންމެ ރެއަކަށް 700ރ. ގެ އެލަވަންސެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ވަނީ އެ ދެ މިސްކިތަށް ވެސް ދިވެހި ޙާފިޒުން ހޯދަން އިއުލާންކޮށްފަ އެވެ.

ރާއްޖޭގެ އެހެން މިސްކިތްތަކުގައި ވެސް ތަރާވީހު ނަމާދު ކުރާނެ ދިވެހި ޙާފިޒުން ހޯދަން އިއުލާންކޮށްފައިވާ އިރު، އެ ޙާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް ދޭން ހަމަޖެހިފައި ވަނީ 500،ރ. ގެ އެލަވަންސެކެވެ. އަދި ކޮންމެ މިސްކިތަކަށް ވެސް ދެ ޙާފިޒުން ނަގާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.