ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގެ މިސްކިތެއްގެ އޭސީ އަފްގްރޭޑްކޮށް ދޭން އުރީދޫ މޯލްޑިވްސް އިން ނިންމައިފި އެވެ.
އެ ކުންފުނީގެ ހެޑް އޮފީސް ވެސް ހުންނަ އަވަށުން އޭސީކޮށް ދޭން ނިންމީ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ، ހުޅުމާލެ ގްރޭންޑް މިސްކިތް (ގުއްބު މިސްކިތް) އެވެ.
އެ މިސްކިތުގެ ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫން ކުރަން ނިންމީ ގަތަރު ޗެރިޓީއާ ގުޅިގެންނެވެ.
މިކަމުހެ އެއްބަސްވުމުގައި ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ/އެމްޑީ ޚާލިދު އަލް ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަޚްރޫ އެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށްވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭ ގޮތަށް ބިނާކުކޮށްފައިވާ މިސްކިތެކެވެ. މިއީ 2006 ގައި ބިނާކުރި މިސްކިތެކެވެ.
އުރީދޫން ގުއްބުގެ މިސްކިތުގެ އޭސީކުރުމާއި އާބާތުރަ ފިލުވުމުގެ ވަރަށް އަވަހަށް ފަށައި ރޯދައިގެ ކުރިން މަސައްކަތްތައް ނިންމާނެ ކަމަށެވެ.