Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އޮރިޔާންކާޑު މައްސަލައެެއްގައި މީދޫ މީހަކު ހޯދަނީ

އޮރިޔާންކާޑު މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން އައްޑޫ މީދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު އާޒާދުވިލާ، ޢަބްދުﷲ ރަމީޒް، 42، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މަޖުބޫރުކުރުވުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުު 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ރަމީޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރަން އެދިފައިވެ އެވެ.