Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އައްޑޫ އޮފީސްތަކުގެ ވޮލީ މުބާރާތް އަންނަ މަހު

އައްޑޫގެ އޮފީސްތަކަށް ހުޅުވާލައިގެން މުޅިން އަލަށް ވޮލީ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 1 ގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫގެ ވޮލީ ރެފްރީންތަކެއް އިސްކޮށް ތިބެގެން އުފައްދާފައިވާ އެސޯސިއޭޝަން ފޯ އައްޑޫ ވޮލީން ބާއްވާ މުބާރާރެކެވެ.

އެގޮތުން ސަން ސިޔާމު ގްރޫޕުން ސްޕޮންސަކޮށްފައިވާ "އިންޓަ-އޮފީސް އައްޑޫ ވޮލީ ޓޯނަމަންޓް" ގައި ބައިވެރިވާން ހުޅުވައިލި ސުންގަޑި މިއަދަށް ހަމަވި އިރު، 12 އޮފީހަކުން މުބާރާތުގައި ވާދަކުރަން ހުށަހަޅާފައިވެ އެވެެ.

ދެ ޖިންސަށް ވެސް ހާއްސަކޮށްގެން ބާއްވާ މުބާރާތުގެ މެޗްތައް ކުޅެން ހަމަޖެހިފައި ވަނީ ފޭދޫ ވޮލީ ކޯޓްގަ އެވެ.